ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިމިއްޖެ

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ (ފުރަތަމަ ފިޔަވަހި) މަސައްކަތުގެ 88 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، އެ ރަށު މަގުތަކުގެ ދުއްވާ ސަރަޙައްދު ޤާއިމުކުރުމުގެ މަސައ...

13 Jul 2021 | 09:10

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ (ފުރަތަމަ ފިޔަވަހި) މަސައްކަތުގެ 88 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، އެ ރަށު މަގުތަކުގެ ދުއްވާ ސަރަޙައްދު ޤާއިމުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 27,848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، 10,205 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް