ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމި ނިންމުމަށް ޝާހިދު މަރުހަބާ ވިދާޅުވެއްޖެ

ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމި ނިންމުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޓްވީޓްގައި ވިދާޅުވީ، ޖަޕާނުން ކޮވެކްސް ފެސ...

13 Jul 2021 | 07:38

ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމި ނިންމުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޓްވީޓްގައި ވިދާޅުވީ، ޖަޕާނުން ކޮވެކްސް ފެސިލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒް ބަހާލެވޭ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ޖަޕާނުން ރާއްޖެއަށް ހަދިޔާކުރަނީ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް އަދި އެއީ ކޮން ބާވަތެއްގެ ވެކްސިނެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޖަޕާނުގައި އާއްމުކޮށް ބޭނުންކުރަނީ ފައިޒާ، މޮޑާނާ އަދި އެސްޓްރާޒެނެކާ ވެކްސިނެވެ.

https://twitter.com/abdulla_shahid/status/1414803275824521220

ކޮވިޑުން ރައްކާތެރިވުމަށް ޓަކައި ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަންފެށި ވެކްސިންނަކީ އިންޑިޔާގެ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ވެކްސިން ސަޕްލައި ލިބުން ދަތިވެ, މޭ މަހުގެ ތެރޭގައި ކޮވިޝީލްޑް ވެކްސިން ޖެހުން ރާއްޖޭގައި ވަގުތީ ގޮތުން ހުއްޓައިލިއެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިއީ ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ ހެއްކެއްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް