ފެން ފަދަ ދިޔާ އެއްޗެހި ބޯއިރު، ޖަމަލު ބޯހެން އެއްފަހަރާ ނުބުއިމަށް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އިރުޝާދުދެއްވައިފިއެވެ.
ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ކުރެއްވި ޓްވީޓެއްގައި ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅެއް ހިއްސާކުރައްވާފައެވެ.
https://twitter.com/dr_iyaz/status/1414749733789179905
އެ ހަދީޘްގައި ވަނީ، “ޖަމަލު ބޯހެން އެއްފަހަރާ ނުބޯށެވެ. އެހެން ނަމަވެސް ދެ ފަހަރުން ނުވަތަ ތިންފަހަރުން ބޯށެވެ. ބުއިމުގެ ކުރިން ބިސްމި ކިޔާށެވެ. ބޮއި ނިމުމުން الله އަށް ޙަމްދު ކުރާށެވެ.”
މި ހަދީޘް ރިވާ ކުރެއްވީ އިމާމް ތިރްމިޛީ ރަޙިމަހުالله އެެވެ.
ފެނަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ސިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެންމެ މުހިންމު އެއް މާއްދާއަކީ ވެސް ފެނެވެ. ފެނާ ނުލައި އިންސާނާއަށް ދިރި ދުނިޔޭގައި ހުރުމަކީ މުސްތަހީލު ކަމެކެވެ. ހަމަ އެހެންމެ ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުލިބޭނަމަ، އެކަމުގެ ސަބަބުން ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން އެތައް ބޮޑެތި ގެއްލުންތަކެއްވެސް ލިބެއެވެ.
އެހެންނަމަވެސް ފެން ބުއިމުގެ އާދަ އަށަގެންފައި ނެތުމުގެ ސަބަބުން، ނުވަތަ ފަރުވާކުޑަ ވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުބޮވި ތިބެވޭތަން އާދެއެވެ. މިކަމުގެ ސަބަބުން އުމުރުން ދުވަސްވަމުން ދިޔަވަރަކަށް ސިއްޙީ މައްސަލަތައް ކުރިމަތިވަމުން އާދެއެވެ.
އެކަމަކު ފެން ބުއިމުގައި ވެސް ރަސޫލާގެ އިރުޝާދުގައި ހިފާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް