ރަންވިޖޭއަށް މިފަހަރު ލިބުނީ ފިރިހެން ދަރިއެއް

އެމްޓީވީން ގެނެސްދޭ ރޯޑީސް ޝޯ އިން މަޝްހޫރުކަން ހޯދައިފައިވާ ރަންވިޖޭ ސިންހާ އާއި އަންހެނުން ޕިޔަންކާ އަށް ފިރިހެން ދަރިޔަކު ލިބިއްޖެ އެވެ. މިއީ ރަންވިޖޭގެ ދެވަނަ ދަރިފުޅެވެ. އިންސްޓަގްރާމްގައި ރަންވި...

13 Jul 2021 | 05:45

އެމްޓީވީން ގެނެސްދޭ ރޯޑީސް ޝޯ އިން މަޝްހޫރުކަން ހޯދައިފައިވާ ރަންވިޖޭ ސިންހާ އާއި އަންހެނުން ޕިޔަންކާ އަށް ފިރިހެން ދަރިޔަކު ލިބިއްޖެ އެވެ. މިއީ ރަންވިޖޭގެ ދެވަނަ ދަރިފުޅެވެ.

އިންސްޓަގްރާމްގައި ރަންވިޖޭ ވަނީ މި ހަބަރު އޭނާގެ ސަޕޯޓަރުންނަށް ހާމަ ކުރުމަށް ރަތްކުލައިގެ ޖޯޒީ އަކާއި އެއާ ގުޅޭ ބޫޓެއްގެ ފޮޓޯ ހިއްސާ ކޮށްފައެވެ.

https://www.instagram.com/p/CROMgllDUdL/?utm_source=ig_embed&ig_rid=2bde3c98-3391-48a1-8f96-5ef2def85a56

މި ފޮޓޯ ހިއްސާ ކުރުމާއިއެކު، ރަންވިޖޭ އަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ. ރޯޑީސް އިން އޭނާ އެކު ފެނިގެން ގޮސްފައިވާ ނޭހާ ދޫޕިއާ، ނިކިލް ޗިނާޕާ، ޕްރިންސް ނަރޫލާ އަދި ވަރުން ސޫދު ވެސް ވަނީ މި ޕޯސްޓަށް ހިތް ރިއެކްޓްކޮށް މަރުހަބާ ކިޔާފައެވެ. މީގެ އިތުރުންވެސް މަޝްހޫރު ތަރިންގެ ތެރެއިން ގޯހަރް ޚާނާއި، ޔޫވިކާ ޗޯދަރީ އަދި ކިޝްވަރު މާޒަންޓްވެސް ވަނީ އަލަށް އައި ކުޑަ މެހުމާނަށް މަރުހަބާ ކިޔާފައެވެ.

ރަންވިޖޭ އާއި ޕިޔަންކާގެ 4 އަހަރުގެ ދަރިފުޅަށް ކިޔަނީ ކާއިނާތެވެ. މިއަހަރު މާރޗު މަހު މި ދެމަފިރިންނަށް ދެވަނަ ދަރިޔަކު ލިބެން އުޅޭ ކަމަށް އިއުލާނުކޮށްފައިވާއިރު، އާއިލާއާއި ރަށްޓެހިން ހިމެނޭ ގޮތަށް ބޭބީ ޝަވާ އެއްވެސް ވަނީ ލަންޑަނުގައި ބާއްވައިފައެވެ. ރަންވިޖޭގެ އަންހެނުން ވަނީ މި ހަފްލާގެ ފޮޓޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ހިއްސާ ކޮށްފައެވެ.

ރޯޑީސްގެ އިތުރުން ސްޕްލިޓްސްވިލާގެ ޝޫޓިންގް ކިތަންމެ ބުރަކޮށް ދިޔަ ނަމަވެސް ތަންވިޖޭ ވަނީ އޭނާގެ އާއިލާއަށް ގިނަ ވަގުތުތަކެއްދީ ފޮތޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. ރޯޑީސްއަށް ފަހު ރަންވިޖޭ މިހާރު ފެނިގެންދަނީ ސްޕްލިޓްސްވިލާ 13 އިން ބޮލީވުޑްގެ ރީތި އަންހެން ތަރި ސަނީ ލިއޯނާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް