ބްރެޒިލް މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް ފެމް ޓްރިޕް ސިލްސިލާއެއް ފަށައިފި

މަޤްބޫލް ފަތުރުވެރި މަންޒިލެއްގޮތުގައި ބްރެޒިލް މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން "އިންފުލުއެޒަރ ފެމް ޓްރިޕް" ސިލްސިލާއެއް ފަށައިފިއެވެ. ބްރެޒިލް މާކެޓަށް އަމާޒްކޮށްގެން އެމްއެމް...

13 Jul 2021 | 05:31

މަޤްބޫލް ފަތުރުވެރި މަންޒިލެއްގޮތުގައި ބްރެޒިލް މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން "އިންފުލުއެޒަރ ފެމް ޓްރިޕް" ސިލްސިލާއެއް ފަށައިފިއެވެ. ބްރެޒިލް މާކެޓަށް އަމާޒްކޮށްގެން އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ މިއީ މިފަދަ ފުރަތަމަ ހަރަކާތެވެ.

އެމްއެމްޕީއާރުސީން ބުނީ، ބްރެޒިލްގެ ބައެއް މަޤްބޫލް ސޯޝަލް މީޑިއާ މަޤްބޫލް ފަރާތްތަކާއެކު މި ފެމް ޓްރިޕް ސީރީޒްގެ ފުރަތަމަ ދެ ބައިވެރިވިން މިމަހުގެ 10 ވަނަ ދުވަހު ވަނީ ރާއްޖެއަށް އައިސްފައިވާ ކަމަށާއި، އަނެއް 2 ބައިވެރިން މި ޖުލައިމަހުގެތެރޭ ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

"އިންފުލުއެޒަރ ފެމް ޓްރިޕް" ސިލްސިލާގައި ރާއްޖެއަށް އަންނަ ފަރާތްތައް ތިބުމަށް ހަމަޖެހިފައިވަނީ ހުވަފެން ފުށި ރިސޯޓް، ވެލައްސަރު ރިސޯޓް، ތާޖް ހޮޓެލްސް، ކަނޑިންމަ މޯލްޑިވްސް، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި މޫވެންޕިކް ކުރެދިވަރުގަ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ރިސޯޓުތަކަށް ޒިޔާރަތްކޮށް ވޯޓަރ ސްޕޯޓްސް، ސްނޯކްލިންގް ފަދަ ހަރަކާތްތަކާއި، ސްޕާގެ ޙިދުމަތްތަކާއި ހާއްސަ ކެއުންތަކާއި، އެ ރިސޯޓަކަށް ހާއްސަ ހަރަކާތްތަކާއި ކަންތައްތައް ތަޖުރިބާކުރުމުގެ ފުރުސަތު ފޭމް ޓްރިޕްގެ ބައިވެރިންނަށް ލިބޭނެ ކަމަށާއި، މި ތަޖުރިބާތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކޮށް ރާއްޖެ އެ މާކެޓްގެ ވީހާވެސް ގިނަ ބަޔަކަށް އިޝްތިހާރުކުރާނެ ކަމަށެވެ.

މި ފެމް ޓްރިޕް ސިލްސިލާ އަކީ އެމްއެމްޕީއާރުސީން ބްރެޒިލް މާކެޓްގައި ރާއްޖޭގެ އެކި ސެގްމެންޓްތައް އިޝްތިހާރުކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް