ކުރީގެ ކަރުދާސް ނޫޓުތައް "ރަންދިހަފަކަށް" ބަދަލުކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި

ކުރީގެ ކަރުދާސް ނޫޓުތައް "ރަންދިހަފަހެއްގެ" ނޫޓުތަކަށް ބަދަލުކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ. ކުރީގެ ކަރުދާސް ނޫޓުތައް އައު ނޫޓަށް ބަދަލުކުރެވޭނީ މި މަހުގެ 31 ގެ ނިޔަލަށް ކަމަށް މޯލްޑިވްސް...

13 Jul 2021 | 04:43

ކުރީގެ ކަރުދާސް ނޫޓުތައް "ރަންދިހަފަހެއްގެ" ނޫޓުތަކަށް ބަދަލުކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.

ކުރީގެ ކަރުދާސް ނޫޓުތައް އައު ނޫޓަށް ބަދަލުކުރެވޭނީ މި މަހުގެ 31 ގެ ނިޔަލަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެ އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތައް ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ ދިގު މުއްދަތެއް ދީފައެވެ.

އެމްއެމްއޭއިން ބުނީ މި ތާރީހުގެ ފަހުން، ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް ބަދަލު ނުކުރެވޭނެ ކަމަށެވެ. އެމްއެމްއޭއިން ބުނީ މިހާރު ވެސް ގިނަ އަދަދެއްގެ ކުރީގެ ކަރުދާސް ނޫޓުތައް އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައިވަނީ "ރަންދިހަ ފަހެއް" ނޫޓް ސީރީޒް ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ. ސަލާމަތީގޮތުން ރައްކާތެރި، އަދި ކޮލިޓީ ރަނގަޅު ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 26 ޖަނަވަރީ 2016 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް