ބޮޑުގޭގައި ތަރައްގީ ކުރި ޕާކިން ޒޯން ހުޅުވައިފި

މާލޭ ސިޓީ ކައުންސިލުން މާފަންނު ބޮޑުގޭގައި ތަރައްގީ ކުރި ޕާކިން ޒޯން ހުޅުވައިފިއެވެ. އިއްޔެ މި ޕާކިން ޒޯން ހުޅުއްވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. މާލޭގެ ޕާކިން މައްސަލައަށް ހ...

13 Jul 2021 | 04:15

މާލޭ ސިޓީ ކައުންސިލުން މާފަންނު ބޮޑުގޭގައި ތަރައްގީ ކުރި ޕާކިން ޒޯން ހުޅުވައިފިއެވެ.

އިއްޔެ މި ޕާކިން ޒޯން ހުޅުއްވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މާލޭގެ ޕާކިން މައްސަލައަށް ހައްލެއްގެނެސް މަގުތަކުގައި ހިނގާބިނގާވާ މީހުނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަ ގޮތްތަކެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ގާއިމްކުރި މި ޕާކިން ޒޯނަކީ ސައިކަލްތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރެވުނު 175 ސައިކަލްގެ ޖާގަ ހިމެނޭ ޕާކިން ޒޯނެކެވެ.

ހަނދުވަރީ ހިނގުމުން ވަދެވޭ ގޮތަށް ބޮޑުގޭގައި ތަރައްގީ ކޮށްފައިވާ ޕާކިން ޒޯން ހުޅުވުމުން އެ ސަރަހައްދުގައި އޮންނަ ހަނިގޯޅިއެއްކަމަށްވާ ދަކަނދާ މަގުގައި ޕާކްކުރާ ސައިކަލްތައް މި ޒޯނަށް ބަދަލުކޮށް ދަކަނދާ މަގުގައި ޕާކްނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ބޮޑުގޭ ޕާކިންގް ޒޯން ހިމެނޭ ސަރަހައްދު ޒީނަތްތެރި ކުރުމަށް ޒުވާނުންގެ ހުނަރު ފެންނަ ގޮތަށް އެތަނުގެ ފާރުތަކުގައި ކުރަހައި ވަނީ ޒީނަތްތެރި ކޮށްފައެވެ.

އަގު ދީގެން ޕާކްކުރުމަށް 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލައިފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ތަރައްގީ ކުރަމުންގެންދާ ގޮތަށް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް