ގޮނޑި ގެއްލިދާނެތީ ކަންބޮޑުވެނުލައްވާ، ތިގޮނޑި ނަގާދޭނަން: ރައީސް ނަޝީދު

ގޮނޑި ގެއްލިދާނެތީ ކަންބޮޑުވެނުލެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީތްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ...

13 Jul 2017 | 15:57

ގޮނޑި ގެއްލިދާނެތީ ކަންބޮޑުވެނުލެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީތްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ސޮއި ކުރެއްވުމުން ގޮނޑި ގެއްލިދާނެ ކަމަށް ކަންބޮޑުވެ ނުލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ﷲގެ އިރާދަފުޅުން ގޮނޑި ނަގާދޭނެ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ މެމްބަރުން ހޮވޭ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދުވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް