ހުދުމުހުތާރުކަން އަބަދުވެސް ވާނީ ފެއިލް، ކާމިޔާބުވާނީ ރައްޔިތުން: ރައީސް މައުމޫން

ހުދުމުހުތާރުކަން އަބަދުވެސް ވާނީ ފެއިލް ކަމަށާއި، ކާމިޔާބު  ވާނީ ރައްޔިތުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަމީ މިރޭ ކުރައްވާފައިވާ ޓ...

13 Jul 2017 | 15:43

ހުދުމުހުތާރުކަން އަބަދުވެސް ވާނީ ފެއިލް ކަމަށާއި، ކާމިޔާބު  ވާނީ ރައްޔިތުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަމީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ މިއަދަކީ ރާއްޖޭގައި ޑިމޮކްރަސީއަށް ކަޅު ދުވަހެއް ކަމަށެވެ. ހުދުމުހުތާރުކަން އަބަދުވެސް ވާނީ ފެއިލް ކަމަށާއި ކާމިޔާބުވާނީ ރައްޔިތުން ކަމަށެވެ.

މިފަދައިން ރައީސް މައުމޫން ޓްވީޓް ކުރައްވާފައިމިވަނީ މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ކަމުގައި ބެލެވެ އެވެ. މިއަދު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ ހޮވުނު ޕާޓީއިން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް