އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މޯލްޑިވްސް ރޯޑު ޑެވެލެޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ބުނެފި އެވެ.
އެމްއާރުޑީސީން ބުނީ އެ މަޝްރޫއުގެ ދަށުން ފޮނަދޫގެ ނުވަ މަގެއްގައި ތާރު އަޅާނެ ކަމަށެވެ. އެއީ ޖުމްލަ 4.7 ކިލޯމީޓަރުގެ މަގު ކަމަށެވެ.
47 މިލިޔަން ރުފިޔާގެ މި މަޝްރޫއު ސެޕްޓެމްބަރު މަހުގައި ފަށާ، ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނޭ ކަމުގައިވެސް އެމްއާރުޑީސީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް