އެމެރިކާގެ މަޝްޙޫރު ރެޕާރ، ވިޒް ޚަލީފާ އަދި ލަވަކިޔުންތެރިޔާ ޗާލީ ޕުތްގެ އަޑުން އިވިގެންދިޔަ ލަވަ "ސީ ޔޫ އެގެއިން" އަކީ މިހާތަނަށް ޔޫޓިއުބުގައި އެންމެ ގިނަ ބަޔަކު ބެލި ވީޑިއޯ އެވެ.
މިހާތަނަށް 2،906،599،907 އަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު އެ ވީޑިއޯ ޔޫޓިއުމަށް ލާފަިއވަނީ 2015 ވަނަ އަހަރު އެވ. އެވެ. މީގެ ކުރިން އެންމެ ގިނަ ވިއުސް ހޯދައިގެން އެ މަޤާމު ދެމެހެއްޓީ 2012 ވަނަ އަހަރު ނިކުން ޕީއެސްވައިގެ ގަންގަމް ސްޓައިލެވެ.
"ސީ ޔޫ އެގެއިން" ލަވަ ހެދީ މަޝްޙޫރު އިނގިރޭސި ފިލްމު ސީރީޒް ފިއުރިއަސްގެ ހަތް ވަނަ ފިލްމަށް ސައުންޑްޓްރެކެއްގެ ގޮތުގަ އެވެ. އަދި އެ ލަވަޔަކީ މަރުވެފައިވާ ފިއުރިއަސް ފިލްމުގެ އެކްޓަރު ޕޯލް ވޯކާ އަށް ޓްރިބިއުޓެއްގެ ގޮތުން ހެދި ލަވައެކެވެ. އެ ލަވައިގެ ވީޑިއޯ ހެދުމުގައި މިސާލު ނަގާފައިވަނީ ފިއުރިއަސް ފިލްމުގައި ޕޯލް ވޯކާރގެ ކުޅެފައިވާ މަންޒަރުތަކަށް ބަލައިގެންނެވެ.
ދެ ބިލިއަން ވިއުސް ހޯދާފައިވާ އެހެން ވީޑިއޯތަކުގެ ތެރޭގައި، ޖަސްޓިން ބީބާރގެ "ސޮރީ"، އަދި ބްރޫނޯ މާރސް ފެނިގެންދާ މާރކް ރޯންސަންގެ "އަޕްޓައުން ފަންކް" ހިމެނެ އެވެ. އޭގެ އިތުރުން މި އަހަރު ނިކުތް ޕުއެރްތޯ ރީކޯގެ ލަވަކިޔުންތެރިޔާ ލުއިސް ފޮންސީ ކިޔާފައިވާ "ދެސްޕަސީތޯ" ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް