ޔޫޓިއުބާއި، ނެޓްފްލިކްސް، އަދި އަމޭޒޮންއަށް ބޭނުންކުރުމަށް މީހާރު ކުޑަކުދިންގެ އޮންނަ ޝައުގުވެރިކަން އަނބުރާލުމަށް އިނގިރޭސިވިލާތުގެ މީޑިއާ ކުންފުނި ބީބީސީން މަސައްކަތް ފަށައިފި އެވެ.
ބީބީސީންވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ޕްރޮގުރާމުތައް އޮންލައިންކޮށް ބެލޭނެގޮތް ހެދުމަށް 44 މިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރަން ނިންމާފަ އެވެ. އެގޮތުން އޮންލައިންކޮށް ބެލޭނެ ކުޑަކުދިނަށް ޚާއްޞަ ލައިވް ޕްރޮގުރާމްތަކާއި، ވީޑިއޯ، ވީލޮގްސް، ޕޮޑްކާސްޓު، ކުއިޒެސް، ގޭމާއި، އެޕްލިކޭޝަންތަކުގެ އިތުރުން ތަޢުލީމީ މަޢުލޫމާތު ލިބޭނެ ކޮންޓެންޓުތައް ތައްޔާރުކުރުމަށްވަނީ ނިންމާފަ އެވެ.
ބީބީސީގެ އެ ނިންމުމަކީ ޓީވީއަށްވުރެ މިހާރު ކުޑަކުދިން ޔޫޓިއުބުފަދަ އޮންލައިން ވަސީލަތްތަކަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިއުމާއެކު އެ ކުންފުނިން ޑިޖިޓަލައިޒުވަމަށް ކުރާ މަސައްކަތް ކުރިއެރުވޭނެ ގޮތެއްކަމަށް ފެންނާތީ ނިންމި ނިންމުމެއްކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް