އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލު ދައްކަން ދައުލަތުން ހަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދަން އޭނާ އާއި ދެކޮޅަށް ދައުވާ ކޮށްފި އެވެ.
އަސްލަމްގެ ފޯން ބިލަށް 312،928 ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާކަން ހާމަވެފައި ވަނީ އޮޑިޓާ ޖެނެރަލް ނެރުއްވި ހައުސިން އެންޑް އެންވާރަމެންޓް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ 2009 ވަނަ އަހަރުން ފެށިގެން އެކި މަސްމަހުގައި މިނިސްޓްރީގެ ބަޖެޓުން އަސްލަމްގެ ފޯނު ބިލު ދައްކަން ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.
އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވަނީ އެ ފައިސާ އަކީ ގާނޫނާއި ހިލާފަށް ބޭނުންކޮށްފައިވާ ފައިސާއެއް ކަމުން އަނބުރާ ދައުލަތަށް އެ ފައިސާ ހޯދުމަށެވެ.
ކުރީގެ މިނިސްޓަރު އަސްލަމްގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ބައެއް ވެރިންގެ މައްޗަށް ދައުލަތުގެ ފައިސާއިން އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާ ކަމަށް ބުނެ ފައިސާ ދައްކަން މުއްދަތެއް ދިނެއެވެ. އެ މުއްދަތުގައި ފިނޭންސް މިނިސްޓްރީން އެންގި ވަރަށް ފައިސާ ދެއްކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ އަހުމަދު ޝަހީދެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ފައިދަ ނުދައްކާ ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް