ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ލިޔުންތައް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ހަވާލުކޮށްފި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލަނީ ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމުގެ ތުހުމަތާއި ޤާނޫނީ ސަރުކާރު ވައްޓާލަން ރާވަމުންދާކަމުގެ ތުހުމަތުގެ އިތުރުން މަޖިލީސް މެންބަރުންނަށް ރިޝްވަތުދޭން އުޅޭކަމުގެ ދައުވާ އެވެ.
މިއީ ގާސިމްގެ މައްޗަށް މި ދައުވާތައް ކުރާ ދެވަނަ ފަހަރެވެ. މި ދައުވާ އާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަށް ޕީޖީ ވަކީލުން ހާޒިރު ނުވުމުން ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައި އެވެ. އަލުން އެ މައްސަލަ ޕީޖީން ހުށަހެޅީ އިއްޔެ އެވެ.
ޕީޖީ އޮފީހުން އިއްޔެ ބުނީ މައްސަލަ ކޯޓުން ބޭރުކޮށްލީ އެ ރޭ ކޯޓަށް ހާޒިރުވެވެން ނެތިގެން ޝަރީއަތް ފަސްކޮށްދިނުމަށް ލިޔުމުން އެދިފައި ވަނިކޮށް ކަމަށެވެ.
މައްސަލަ އަލުން ހުށަހެޅި އިރު ކުރިން އެ މައްސަލަ ބެއްލެވި ދެ ގާޒީން ކަމަށްވާ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އެހެން ކޯޓުތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ގާޒީ ބާރީ ބަދަލުކުރީ ޖުވެނައިލް ކޯޓަށެވެ. ގާޒީ ޝަކީލް ބަދަލުކުރީ ފެމިލީ ކޯޓަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް