މުދާ އުފުލާ ދޯންޏެއް ގިރިއަކަށް އުރިއްޖެ

"ބެޔާންޑާ 5" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ.އަލިމަތާ ރިސޯޓް ކައިރީ އޮތް ގިރިއަކަށް އަރައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުނ...

13 Jul 2017 | 03:39

"ބެޔާންޑާ 5" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ.އަލިމަތާ ރިސޯޓް ކައިރީ އޮތް ގިރިއަކަށް އަރައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 3:30 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ފާމުލަދޭރި" ވަނީ ޑައިވަރުންގެ ޓީމަކާއެކު އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައި ވާކަމަށެވެ.

"މާލެއިން މުދާ ބަރުކޮށްގެން އައްޑު އަތޮޅަށް ދަތުރުކުރަމުން ދިޔަ، އައިލެންޑް އެކްސްޕްރެސްގެ 90 ފޫޓުގެ މި ދޯނި ފަރަށް އެރިއިރު ދޯނީގައި ދިވެއްސަކާއި 11 ބިދޭސީން ދަތުރުކުރަމުން ދިޔައެވެ." އެމްއެންޑީއެފުން ވިދާޅުވި އެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވާކަމަށާއި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް