ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ގއ ގެމަނަފުށީ ސްކޫލްގެ ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަކުދިންތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މިއަދުގެ 2:20 ހާއިރު ކަމަށާއި މިހާރު އޭނާގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް ޖަހާފައިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެރަށުން މައުލޫމާތުދިން މީހަކުބުނީ އެ ޓީޗަރު ހައްޔަރުކުރީ ޓިއުޝަނަށް ކަމަށްބުނެ ދަރިވަރުން ގެންގޮސްގެން ދަރިވަރުންނަށް ޖިންސީ ގޯނާ ކުރާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް