ލިވާޕޫލާ ދެކޮޅަށް ނުކުންނަ މެލޭޝިއާގެ ޓީމުގައި ދަގަނޑޭ ހިމަނައިފި

މި މަހުގެ 24 ވަނަ ދުވަހު އިނގިރޭސި ކްލަބު ލިވަޕޫލާ ދެކޮޅަށް، މެލޭޝިއާއިން ހޮވާލެވޭ ޓީމު ކުޅޭ މެޗުން އެ ގައުމުގެ ޕީޑީއާރްއެމްއަށް ކުޅޭ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސ...

13 Jul 2015 | 13:03

މި މަހުގެ 24 ވަނަ ދުވަހު އިނގިރޭސި ކްލަބު ލިވަޕޫލާ ދެކޮޅަށް، މެލޭޝިއާއިން ހޮވާލެވޭ ޓީމު ކުޅޭ މެޗުން އެ ގައުމުގެ ޕީޑީއާރްއެމްއަށް ކުޅޭ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ދީފި އެވެ.

މެލޭޝިއާ ޓީމު މޭ މަހު އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ފުރުސަތު ލިބުނު ދަގަނޑޭ އަށް މި ފުރުސަތު ދިނީ މެލޭޝިއާ ގައުމީ ކޯޗު ޑޮލާ ސަލާ އެވެ. އޭނާއަކީ މިދިޔަ ސީޒަނުގައި ޕީޑީއާރްއެމްއަށް އިރުޝާދުދިން ކޯޗެވެ.

"ލިވަޕޫލާ ދެކޮޅަށް ކުޅޭ މެލޭޝިއާ ޓީމުން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް. މިއީ އަހަންނަށް އަނެއްކާ ވެސް ލިބުނު ރަނގަޅު ފުރުސަތެއް،" ދަގަނޑޭ ޓްވީޓްްކޮށްފައިވެއެވެ.

މި މެޗަށް ނެގި 20 ކުޅުންތެރިންގެ ސްކޮޑުގައި ދަގަނޑޭއާ އެކު ބިދޭސީ ފަސް ކުޅުންތެރިން ހިމެނެ އެވެ. އެ ކުޅުންތެރިންނަކީ ޓޮޓެންހަމް މެޗުން ވެސް ފުރުސަތު ދިން ސެލަންގޯގެ ރޮބަޓް ކޯންތުވައިސްޓޭ އާއި ޕެރާކުގެ ތިއާގޯ ޖޫނިއާ އަކުއިނޯ އާއި އަލަށް ނެގި ދެ ކުޅުންތެރިން ކަމަށްވާ ޕަހަންގުގެ ޑިކްސަން ވަކައެމޭ އާއި ފެލްޑާ ޔުނައިޓެޑުގެ ޒާހު ރަހާން ކްރާންގެވެ.

ޓޮޓެންހަމްއާ ދެކޮޅަށް މެޗުގައި ފުރިހަމަ ވަގުތު ނިމެންދެން ދަގަނޑޭ ކުޅުނުއިރު، އެމެޗުގައި ގިނަ ވަގުތު އޭނާ ބޭނުންކޮށްފައިވަނީ މިޑިފީލްޑަރެއްގެ ގޮތުގައެވެ. ލިވަޕޫލާއި މެލޭޝިއާއިން ހޮވާލެވޭ ޓީމު ކުޅޭ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ ބުކިޓް ޖަލީލް ނޭޝަނަލް ސްޓޭޑިއަމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް