އަލީ ވަހީދު އަޅުގަނޑު ބްލޮކް ކޮށްފި، އަޅުގަނޑަކީ ގޯއްޗެއް އޮތް މީހެއް ނޫން: އަލްހާން

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމަށް އަލްހާން ފަހުމީ އެރުމުން އެކަމާ ނުރުހުންފާޅުކޮށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ޓްވީޓެއް ކޮށްފައިވާއިރު އެ ޓްވީޓަށް އަލްހާން ރައްދު ދީފި އެވެ. ރޭ އަލީ ވަހީދު...

13 Jul 2015 | 09:17

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމަށް އަލްހާން ފަހުމީ އެރުމުން އެކަމާ ނުރުހުންފާޅުކޮށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ޓްވީޓެއް ކޮށްފައިވާއިރު އެ ޓްވީޓަށް އަލްހާން ރައްދު ދީފި އެވެ.

ރޭ އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "އުއްޗު ކައިރިން، ސަންގު ޓީވީން ދުވާ މީހަކަށް އެމްޑީޕީ ފަނިކޮށްލުމުގެ ފުރުސަތު އެ ޕާޓީން ނުދޭނެ ކަމަށެވެ.

ރައްދުގައި އަލްހާން ފަހުމީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ  "އަޅުގަނޑަކީ ގޯއްޗެއް އޮތް މީހެއްވެސް ނޫން" ކަމަށެވެ.

އަލްހާން މިއަދު ކޮށްފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިން ކުރި ޓްވީޓާ ގުޅިގެން އަލީ ވަހީދު އޭނާ ބްލޮކް ކޮށްފައި ވާކަމަށެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އަލްހާން ވިދާޅުވީ ބާގީން ގާޒީންނަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ގާސިމް ރާއްޖެ ވަޑައިގެންފައިވާއިރު އަލީ ވަހީދުވެސް މާލެ ވަޑައިގަންނަން ވީ ކަމަށެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް ބާރަށް ކުރިއަށް ގެންދަންވީ ކަމަށެވެ.

އަދި މިހާރު އެމްޑީޕީގެ “ހަރުގެ ތެރޭ” ހަރަކާތްތަކާ ދުރުގައި ހުންނަނީ މައްސުނި ކަންތައްތަކެއްގެ ތެރޭގައި އެމްޑީޕީ އުޅޭތީ ކަމަށާއި އެމްޑީޕީއަކީ ކުޑަކަކޫ ޖަހައިގެން މޭޒުދަށުން ދާންވި ޕާޓީއެއް ނޫން ކަމަށްވެސް އަލްހާން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް