ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވާފައިވާއިރު އިސްތިއުފާގެ ސިޓީގައި ވަކި ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒް ވިދާޅުވީ އަމީން މަގާމުން އިސްތިއުފާ ދެއްވިކަން ސިޓީއަކުން އަންގަވާފައިވަނީ އިއްޔެ ކަމަށެވެ.
އަމީން އިސްތިއުފާ ދެއްވާފައިވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވާފައި ވެ އެވެ. އިސްތިއުފާ ދެއްވާފައިމިވަނީ އަމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކި ކުރުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ވަގުތެއްގަ އެވެ. އަމީން އާއެކު ކެބިނެޓްގައި އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުވެސް ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް