މާލޭ ގެއެއްގައި މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭ ގެއެއްގެ ތެރޭގައި މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހަކު ދަންޖެހިފައި ހުއްޓާ 1:05 ހާއިރު ފެނުނީ މ.ހުދުފަސް، ގްރައުންޑް...

13 Jul 2015 | 08:40

މާލޭ ގެއެއްގެ ތެރޭގައި މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހަކު ދަންޖެހިފައި ހުއްޓާ 1:05 ހާއިރު ފެނުނީ މ.ހުދުފަސް، ގްރައުންޑް ފްލޯއިން ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ދަންޖެހިފައި ހުއްޓާ ފެނުނީ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ  ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް