ރައީސްގެ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އޮމާން އަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޕީޕީއެމްގެ ރައީސް އަދި މައުމޫން އަބްދުލްގައްޔޫމް އޮމާން އަށް ފުރާވަޑައިގެންފި އެވެ. ޕީޕީއެމްގެ އޮފިޝަލަކު 'ދުވަސް' އަށް ވިދާޅުވީ ރައީސް މައުމޫން އޮމ...

13 Jul 2015 | 08:14

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޕީޕީއެމްގެ ރައީސް އަދި މައުމޫން އަބްދުލްގައްޔޫމް އޮމާން އަށް ފުރާވަޑައިގެންފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު 'ދުވަސް' އަށް ވިދާޅުވީ ރައީސް މައުމޫން އޮމާނަށް ކުރައްވާ މި ދަތުރުފުޅަކީ މިސަރުކާރުން އަރަބި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އޮމާންއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިދަތުރު ފުޅުގައި އޮމާންގެ ރަސްގެފާނާ ބައްދަލުކުރައްވާނެ ޕީޕީއެމްގެ އޮފިޝަލް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ މި ދަތުރުފުޅުގައި އޮމާން އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރާއްޖެ އަށް އެކި އެކި ދާއިރާތަކުން އެހީ ހޯދުމާ ބެހޭ ގޮތުން އޮމާންގެ އެކިއެކި ވުޒާރާތަކާ މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ޕީޕީއެމް އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް