އަންނަ އޯގަސްޓް މަހުގެ ދެވަނަ ދުވަހު ސްކޫލްތައް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ޑެންގީ ހުން ފެތުރެމުންދާތީ ސްކޫލްތައް ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަަނަ ދުވަހު އެވެ. ސްކޫލް ކުދިންނަަށް ދެން އެންމެ އަވަހަށް ޗުއްޓީ ލިބޭނީ އަންނަ އޮގަސްޓް 30 އިން ފެށިގެން ސެޕްޓެމްބަރު ތިނަކަށެވެ. އަދި މި ޓާމުގެ އެންމެފަހު އިމްތިހާނު އޮންނާނީ ނޮވެމްބަރު ހަތަރަކުން ފެށިގެން 18 ވަނަ ދުވަހަށެވެ.
ސްކޫލްތައް ބަންދުކުރަން ނިންމާ ޓާސްކްފޯސް އިން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ޑެންގީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން ސްކޫލްތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޑެންގީ ހުން އެއްކޮށް ކޮންޓްރޯލް ކުރެވުމުން ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރުމަށް ފަހު ކިޔެވުން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް