އެސިޑް ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް އަޅާފައި ހުރި ފުޅިއެއް އައިސް އަލަމާރިއަށް ލާފައިވާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި

އެސިޑް ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް އަޅާފައިހުރި 1.5 ލީޓަރުގެ ބޮނަކުއާ ފުޅިއެއް މީހުން ދިރިއުޅޭ ގެއެއްގައި ބޯފެންފަދަ ތަކެތި ފިނިކުރަން ލާފައިހުރި އަލަމާރިއެއްގެ ފެންފުޅިތަކެއްގެތެރެއަށް ލާފައިވ...

13 Jul 2015 | 06:55

އެސިޑް ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް އަޅާފައިހުރި 1.5 ލީޓަރުގެ ބޮނަކުއާ ފުޅިއެއް މީހުން ދިރިއުޅޭ ގެއެއްގައި ބޯފެންފަދަ ތަކެތި ފިނިކުރަން ލާފައިހުރި އަލަމާރިއެއްގެ ފެންފުޅިތަކެއްގެތެރެއަށް ލާފައިވާކަމުގެ ތުހުމަތުގައި ލ. މާވަށުން 2 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ހާމަކުރާގޮތުގައި 5 ޖުލައި 2015 ވަނަ ދުވަހު ހިނގާފައިވާ މިޙާދިސާ އާއި ގުޅިގެން މިމައްސަލައިގެ ތުހުމަތުގައި މާވަށު ޕޮލިސް ސްޓޭޝަނުން 2015 ޖުލައި 11 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ 47 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނެއްކަމަށެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ.

މިމައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ލ. މާވަށުން ފުރައިގެންގޮސް ލ. ފޮނަދޫގައި ހުއްޓައިކަމަށާއި، ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ލ. މާވަށުގައި އޭނާ ދިރިއުޅޭ ގެއިންކަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މިމައްސަލާގައި ދެންނެވުނު އެސިޑް ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް އަޅާފައިހުރި 1.5 ލިޓަރގެ ބޮނަކުއާ ފުޅި ވަނީ ފުލުހުންގެ މަސައްކަތުން ހޯދައި މާވަށު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ފުރިހަމަ ކުރުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ލ. ގަމު މެޖިސްޓްރޭޓް ކޯޓުން 2015 ޖުލައި 12 ވަނަ ދުވަހު ޖަހާދީފައިވާ ކަމަށާއި މި މައްސަލަ ލ. މާވަށު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް