އަފްގާނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި 17 މީހަކު މަރުވެއްޖެ

އަފްގާނިސްތާނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ކާރެއްގައި ގޮސް މީހަކުދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 17 މީހަކު މަރުވެއްޖެއެވެ. ކާރުގައި ދިޔަ މީހާ ކާރު ގޮއްވާލާފައިވަނީ އަސ...

13 Jul 2015 | 05:05

އަފްގާނިސްތާނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ކާރެއްގައި ގޮސް މީހަކުދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 17 މީހަކު މަރުވެއްޖެއެވެ.

ކާރުގައި ދިޔަ މީހާ ކާރު ގޮއްވާލާފައިވަނީ އަސްކަރީ މަރުކަޒަށް ވަންނަން އޮންނަ ޗެކްޕޮއިންޓާ ހަމައިން ކަމަށްވާއިރު އެ ޗެކްޕޮއިންޓް ބަލަހައްޓަމުން ގެންދަނީ އަފްގާން ސިފައިންނެވެ. އަދި އެ ހަމަލާގައި މަރުވީވެސް އަފްގާނަށް ނިސްބަތްވާ މީހުންނެވެ.

އެ ހަމަލާގައި މަރުވެފައިވަނީ އެ ޗެކްޕޮއިންޓްގައި ތިބި އަފްގާން 17 ރައްޔިތެކެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ތިއްބެވެ. އެމީހުން އެ ޗެކްޕޮއިންޓް ކައިރީގައި ތިބިކަމަށްވަނީ ޗެކް ޕޮއިންޓް ހުރަސްކުރުމަށް ފާސް ހޯދުމަށެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ 17 މީހަކު މަރުވެފއިވާއިރު ދެމީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް