ޔޫނިއަންގައި އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސްވިމިންގް ޓީމު ސްރީލަންކާގައި ކޭމްޕްކުރަމުން އެބަދެއެވެ.
ސްވިމިންގް އެސޯސިއޭޝަނުން ބުނީ، ރާއްޖޭގެ ގައުމީ ސްވިމިންގް ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރެއިންބޯ އެކުއެޓިކްސް އާއި ގުޅިގެން ކަމަށެވެ. ރާއްޖޭގެ ފެތުންތެރިން ކުރިއެރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށް ސްވިމިންގް އެސޯސިއޭޝަނުން ބުނެއެވެ.
މި ކޭމްޕްގައި ރާއްޖޭގެ ގައުމީ ސްވިމިންގް ސްކޮޑާއެކު ޓީމުގެ ތަޖުރިބާކާރު ކޯޗު އިސްމާއިލް ފަރުޙާން ވެސް ވަނީ ބައިވެރިވެފައެވެ. ކޭމްޕްގައި ބައިވެރިވާ ފެތުންތެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. ރާއްޖޭގެ ގައުމީ ސްވިމިންގް ޓީމުގައި ހިމެނޭ ބައެއް ފެތުންތެރިންނަކީ މިއަހަރު ރާއްޖެއިން ބޭރުގައި ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާ ފެތުންތެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް