ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދެއްގެ ގޮތުގައި އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާ ތަކުން ރައްކާތެރިވުމަށް އިސްރާއީލުގެ ހުރިހާ ރައްޔިތުން ބޯމްބް ޝެލްޓާތަކަށް ވަނުމަށް އެގައުމުގެ އަޝްކަރިއްޔާއިން ވަނީ އަންގާފައެވެ. މުޅި ގައުމުގައި އެއާ ސައިރަން އަޅަމުންދާއިރު، ގުދުސް އިން ވަނީ ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައެވެ. އަދި ޓެލް އަވިވްގެ ސަރަހައްދުތަކުން ދުން އަރާ މަންޒަރު ވަނީ އެގައުމުގެ ޓީވީ ޗެނަލްތަކުން ދައްކާފައެވެ. އެހެން ނަމަވެސް މިހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެ މަރުވެފައިވާކަމުގެ ރިޕޯޓެެއް އަދި ލިބިފައެއް ނުވެއެވެ.
އީރާނުގެ ގައުމީ ޓީވީން ރިޕޯޓު ކޮއްފައިވާ ގޮތުގައި އެގައުމުން ވަނީ އެތައް ސަތޭކަ ބެލިސްޓިކް މިސައިލެއް އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައެވެ.
މި ހަމަލާ ތަކުގައި މިހާތަނަށް އިޒްރާއީލުގެ 34 މީހަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް