ރެއާލް މެޑްރިޑުން 17 އަހަރުގެ އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ ފްރާންކޯ މަސްޓަންޓުއޯނޯ ރިވަރ ޕްލޭޓުން 45 މިލިއަން ޔޫރޯއަށް ސޮއިކުރުވައިފިއެވެ. މިއީ އެ ކްލަބުގެ ތާރީޚުގައި އެންމެ އަގުބޮޑުކޮށް ވިއްކާލި ކުޅުންތެރިޔާއެވެ. މި ވިންގަރު ސްޕެއިންގެ ބޮޑު ކްލަބް ރެއާލް މެޑްރިޑާއި ގުޅޭނީ އޯގަސްޓު މަހުގައެވެ. އޭގެ ކުރިން އޭނާ ރިވަރ ޕްލޭޓް ތަމްސީލުކޮށް ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވާނެއެވެ.
ޕެރިސް ސަންޓް-ޖަރމޭންގެ ވަރުގަދަ ޝައުޤުވެރިކަމެއް އޮތް ނަމަވެސް، ދެކުނު އެމެރިކާގެ އެންމެ އުއްމީދީ ޒުވާން ތަރިތަކުގެ ތެރެއިން އެކަކު ހޯދުމުގެ ވާދަވެރިކަމުގައި މެޑްރިޑުން މިވަނީ ކާމިޔާބީ ހޯދާފައެވެ. މަސްޓަންޓުއޯނޯގެ އަގު ފާއިތުވި މަސްތަކުގައި އުފުލި، މިހާރު 30 މިލިއަން ޔޫރޯއަށް އަރާފައިވެއެވެ. މިއީ ދުނިޔޭގައި ދެވަނައަށް އެންމެ އަގުބޮޑު 17 އަހަރުގެ ކުޅުންތެރިޔާއެވެ. އެއީ ބާސެލޯނާގެ ލަމީން ޔަމަލްގެ ފަހަތުންނެވެ.
މަސްޓަންޓުއޯނޯ ރިވަރގެ ސީނިއަރ ޓީމުގައި ފުރަތަމަ ކުޅުނީ 16 އަހަރުގައި 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭގެ ފަހުން، އޭނާ ވަނީ 61 ސީނިއަރ މެޗުގައި ކުޅެ، އޭނާގެ އުމުރަށްވުރެ މާ މަތީ ފެންވަރެއްގެ ހަމަޖެހުމާއި ޓެކްނިކަލް ފުރިހަމަކަން ދައްކުވައިދީފައެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ހައިލައިޓަކީ އޭޕްރީލް މަހުގެ ސުޕަރކްލާސިކޯގައި ބޯކާ ޖޫނިއަރސްއާ ދެކޮޅަށް ޖެހި ފްރީކިކް ލަނޑެވެ.
ޓްރާންސްފަރމާކެޓްގެ ދެކުނު އެމެރިކާގެ ތަޖުރިބާކާރު، ސްކޮޓް ކްރިސްޓެންސެން އޭނާ ސިފަކޮށްދިނީ "ކުޑަ، އުފެއްދުންތެރި، ވާތު ފައިން ބޯޅަ ޖަހާ އެޓޭކިންގ މިޑްފީލްޑަރެއްގެ ގޮތުގައެވެ. ހުއްޓުވަން އުނދަގޫ އަދި ޕްރެޝަރުގައި ކުޅެން އެނގޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.
މި ސޮއިކުރުމަކީ ކާރްލޯ އެންޗެލޮޓީގެ ބަދަލުގައި އައު މެނޭޖަރުގެ ގޮތުގައި ހަވާލުވި ޒާބީ އަލޮންސޯގެ ޕްރޮޖެކްޓުގެ ބައެކެވެ. ރިއަލް މެޑްރިޑުން މިހާރުވެސް ވަނީ ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް އަދި ޑީން ހުއިޖްސެން ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް