ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާ މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ޖަޕާނަށް ނިސްބަތްވާ އެ ފިރިހެން މީހާ ފެނުނު އިރު އޮތީ މަރުވެފައެވެ.
މިއަދު މެންދުރެއްހާއިރު އެމްއެންޑީއެފްއިން އެ ހާދިސާއަކީ ބުނެފައިވަނީ އެ މާފުށީ ގެސްޓްހައުސް އަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ކަމަށެވެ.
"އެއީ 26 އަހަރުގެ ޖަޕާނު ފިރިހެނެއް" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ހޯދަމުންދަނިކޮށް އެ ފަތުރުވެރިޔާ ފެނިފައިވަނީ އިރުއޮއްސެން ގާތްވެފައިވަނިކޮށެވެ. މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފުރާނެ ނެތްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް