މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓުން އިއުލާނުކޮށްފައިވާ ގޮތުގައި، މަޖީދީމަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ފިޔަވަޅުގެ ދަށުން، ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރެވޭނެއެވެ. އަދި އެ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުންނެވެ.
މި ފިޔަވަޅުތަކާ ގުޅިގެން، ފުލުހުން ވަނީ އާންމު ރައްޔިތުންނަށް ޚާއްޞަކޮށްފައިވާ ޕާކިންގ ޒޯންތަކުގައި އުޅަނދުތައް ޕާކުކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް