މާލެ ސަރަހައްދުގައި މި ބޮޑު ޢީދުގެ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ހަތަރު މައިދާނެއްގައި ކުރިއަށްގެންދަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާގޮތުގައި މާލޭ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނީ:-
- މާލޭ ބޮޑު ޖަމާޢަތް - މާފަންނު ސްޓޭޑިއަމް
- ވިލިމާލެ ބޮޑު ޖަމާޢަތް – ވިލިނގިލި ބޯޅަދަނޑު
- ހުޅުމާޅެ ފޭސް އެކެއް ބޮޑު ޖަމާޢަތް – ސްޓޭޑިއަމް ސަރަހައްދު (ސިންތެޓިކް ޓްރެކް ސަރަހައްދު)
- ހުޅުމާލެ ފޭސް ދޭއް ބޮޑު ޖަމާޢަތް – ކްރިކެޓް ސްޓޭޑިއަމް ސަރަހައްދު
މީގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 24 މިސްކިތެއްގައި ޢީދުނަމާދު ކުރާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މޫސުން ދަންނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާޢަތުގެ ޢީދު ކެންސަލް ކުރަން ޖެހިއްޖެނަމަ މާލޭ ސިޓީގައި ޢީދު ނަމާދުކުރާނީ މާލޭގައި ހުކުރު ކުރައްވާ ހުރިހާ މިސްކިތެއްގައި ކަމަށާއި، މައިދާންތަކާއި މިސްކިތްތަކުގައި އަންހެން ކަނބަލުންނަށް ޢީދު ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް