މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ފުލުހުން ހަތަރު މީހަކަށް އާއްމު ނޯޓިސް ފޮނުވައިފިއެވެ.
މިއަދު ފުލުހުން ބުނެފައިވަނީ އެ ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ އެންގުމެއް ކަމަށެވެ.
އެ ހަތަރު މީހުންނާއި ހާޒިރުކުރާ ހައިސިއްޔަތަކީ
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޙަސަން ނަބީލް، ގއ. ކަނޑުހުޅުދޫ / ފެހިއައްސޭރި (43އ)
އައިޑީ ކާޑު ނަންބަރު: A099246
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އިބްރާހީމް ރަޝާދު، ތ. މަޑިފުށި / މިޝަން (41އ)
އައިޑީ ކާޑު ނަންބަރު: A070363
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޔޫނުސް ޢަބްދުއްރަޙްމާން، ގއ. ގެމަނަފުށި / ގުމްރީގެ (24އ)
އައިޑީ ކާޑު ނަންބަރު: A329933
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޢަލީ ޝަމީމް، ކ. މާލެ / ދަފްތަރު ނަންބަރު ރސ. 8136 (58އ)
އައިޑީ ކާޑު ނަންބަރު: A050584
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް
ފުލުހުން ބުނެފައިވަނީ މި ހަތަރު މީހުން، މި މަހުގެ 23 ވަނަ ދުވަހުގެ 14:00 އަށް، މާލޭގައި ނަމަ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގް އަށް އަދި އެހެން ހިސާބެއްގައިނަމަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން އަންގާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް