ސާނިއާ މިރްޒާއާއި ސަނާ ޚާން މައްކާއިން ދިމާވެއްޖެ

އިންޑިއާގެ ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ އާއި ކުރީގެ ބޮލީވުޑް ތަރި ސަނާ ޚާން މައްކާއިން ދިމާވެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއަކަށް ބޮޑު މަގުބޫލުކަމެއް ލިބިގެންގޮސްފިއެވެ. ސަނާ ޚާން ހިއްސާކުރި އެ...

13 Jun 2024 | 14:15

އިންޑިއާގެ ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ އާއި ކުރީގެ ބޮލީވުޑް ތަރި ސަނާ ޚާން މައްކާއިން ދިމާވެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއަކަށް ބޮޑު މަގުބޫލުކަމެއް ލިބިގެންގޮސްފިއެވެ.

ސަނާ ޚާން ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ސަނާ ޚާން އާއި ސާނިއާ މިރްޒާގެ އިތުރުން ސާނިއާގެ ކޮއްކޮ އާނަމް މިރްޒާއެވެ. މިއީ ސަނާ ޚާން ޙައްޖުގެ އަޅުކަން އަދާކުރާ ދެވަނަ ފަހަރެވެ.

ސަނާ މި ފޮޓޯ ހިއްސާކުރަމުން ބުނެފައިވަނީ އުމްރާގެ އަޅުކަން ނިމިއްޖެ ކަމަށާއި ޙައްޖުގެ އަޅުކަމަށް ކެތްމަދުވެފައިވާކަމަށެވެ.

މިއީ ސަނާގެ ދެވަނަ ޙައްޖު ނަމަވެސް ސާނިއާ މިރްޒާގެ މިއީ ފުރަތަމަ ޙައްޖެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް