މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެހި ޙައްޖާޖީއަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން ރ. ހުޅުދުއްފާރަށް ނިސްބަތްވާ، އެ ރަށު ހަފީޒީ ހިޔާ، އުމުރުން 80 އަހަރުގެ ފާޠިމަތު ޙަފީޒާ އެވެ.
އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރުގެ ނައިބު، އަލީ އަޙްސަން ވިދާޅުވެފައިވެއެވެ.
އަޙްސަން ވިދާޅުވެފައިވާގޮތުގައި މަރްޙޫމާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މަސްޖިދުލްޙަރަމްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް