ޑީސަލް އަގުހެޔޮކުރުމުން މަސްވެރިންގެ މުޒާހަރާ ނިންމާލައިފި

މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ހެޔޮކުރުމުން މަސްވެރިން އިއްޔެ މާލެ އައިސް ފެށި މުޒާހަރާ ނިންމާލައިފިއެވެ. މިކަން ހާމަކޮށް، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފައިވަނީ ކަންނެލި...

13 Jun 2024 | 03:51

މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ހެޔޮކުރުމުން މަސްވެރިން އިއްޔެ މާލެ އައިސް ފެށި މުޒާހަރާ ނިންމާލައިފިއެވެ.

މިކަން ހާމަކޮށް، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފައިވަނީ ކަންނެލި މަސްވެރިކަމަށްލޭނު އެޅުމަށް ހުއްދަ ނުދޭނެ  ކަމަށާއި އަދި އެއްގަމު ސެޑް ތަކުން ޑީސަލް ގަންނަން  ލިބޭ  އަގަށް ކަންނެލި މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެ  ކަމަށް ސަރުކާރާއި އެކު ކުރެވުނުމަސްވަރާތަކުން  އެއްބަސްވުމަކަށް އާދެވުމުން  އިހްތިޖާޖު ނިންމާލީ ކަމަށެވެ.

އެ އިހްތިޖާޖު ނިންމާލާފައިވާއިރު އިއްޔެ މަސްވެރިން، އެތައް ދޯންޏެއްގައި އައިސް އެއް ނަމްބަރު ޖެޓީ ސަރަހައްދަށް އޮޑިތަކުގައި ވަދެ ބޮޑު އިހުތިޖާޖެއް ފެށިއެވެ. އެ އިހުތިޖާޖަށް އިޖާބަދީ އެ އިހުތިޖާޖު ކުރިއަށްދިޔަ ސަރަހައްދަށް ފިޝަރީޒް މިނިސްޓަރު ވަޑައިގެން މަސްވެރިންނާ މަޝްވަރާ ކުރެއްވިއެވެ.

އެއަށްފަހު ރޭ ދަންވަރު އެ ވުޒާރާއިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދު ފުއްދުމަށްޓަކައި ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑުތަކުން ވިއްކާ އަގަށް ހެޔޮކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް