ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އިސްނަންގަވައިގެން ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.
ރާއްޖޭގެ ފިޝަރީސް މިނިސްޓްރީން ބުނީ، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ޝެޑް ތަކުގައި ތެޔޮ ވިއްކާ އަގަށް ހެޔޮކޮށްފައިވާކަމަށެވެ. ފިޝަރީސް މިނިސްޓްރީން ބުނީ މި ބަދަލުގެނެސްފައިވަނީ ސަރުކާރުގެ މެނިފެސްޓޯގައިވާ ވައުދު ދުއްދެއްވުމަށްޓާކައި ކަމަށެވެ.
މިކަމާ ގުޅިގެން ފިޝަރީސް މިނިސްޓްރީން އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވަނީ، "ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެ ިސނެނގެވުމުގެ މަތހިނ މެނިފެސްޓޯ ގައިވާ ވައުދު ފުއްދެވުމަށްޓަކައި ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލް ގެ އަގު ޝެޑް ތަކުން ވިއްކާ އަގަށް ހެޔޮ ކޮށްފި" ކަމަށެވެ.
މި ބަދަލާއި ގުޅިގެން އަދި މަސްވެރިކަމާއި ބެހޭ ވުޒާރާއިން ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރުން މި ނިންމެވުން ނިންމާފައި މިވަނީ، އިއްޔެ ބޮޑު ކަންނެލި ޔޫނިއަނުން، ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާތީ އެކަމާ ހިތްހަމަ ނުޖެހި މާލޭ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި މުޒާހަރާކޮށްފައިވަނިކޮށްށެވެ. އިއްޔެގެ މުޒާހަރާގައި މަސްވެރިން ވަނީ، ކަން ނެލި މަސްވެރިކަމަށް ލޭނު އެޅުމަށް ހުއްދަ ނުދިނުމަށާއި، އެއްގަމު ޝެޑް ތަކުން ޑީސަލް ގަންނަން ލިބޭ އަގަށް، ކަންނެލި މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެ ގޮތް ހަދައިދެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ.
ބޮޑުކަންނެލި މަސްވެރިގެ ޔޫނިއަންއިން، ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިިވަނީ ސަރުކާރުން ވަނީ، ކަންނެލި މަސްވެރިކަމަށް ލޭނު އެޅުމަށް ހުއްދަ ނުދޭނެ ކަމަށާއި، އެއްގަމު ޝެޑް ތަކުން ޑީސަލް ގަންނަން ލިބޭ އަގަށް ކަންނެލި މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެ ކަމަށް ސަރުކާރާއި އެކު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކުރެވުނު މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވުމުން އިހްތިޖާޖް ނިންމާލާފައި ވާކަމަށެވެ.
މަސްވެރިންނަށް ހާއްސަކޮށްގެން މި ސަރުކާރުގައި އެކި އެކި ސިޔާތުތައް ވަނީ އެކުލަވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް