މަދީނާގެ ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދަމުންދާ ޙައްޖާޖީންތަކަކަށް ޙައްޖު ކަށަވަރުކޮށްދިނުމަށް އެމްބިއުލާންސްގެ ބޮޑު ގާފިލާއެއް އެ ފަރާތްތަކާއެކު މައްކާއަށް ދަތުރުފަށައިފިއެވެ.
ސަޢޫދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ މި އިންތިޒާމުގެ ދަށުން 12 ޤައުމަކަށް ނިސްބަތްވާ 18 ޙައްޖާޖީއަކު އަންނަނީ މި ގާފިލާއާއެކު އުފުއްލައިދެމުންނެވެ.
އެމްބިއުލާންސްގެ މި ގާފިލާގައި 31 އެމްބިއުލާންސް ހިމެނޭއިރު އެއިން ކޮންމެ އެމްބިއުލާންސްވެސް ތައްޔާރުކޮށްފައިވަނީ ޞިއްޙީ ޚިދުމަތް ދެވޭނެ އެންމެ ފުރިހަމައަށެވެ.
މި ގާފިލާގައި ޑަކުޓަރުންނާއި ނަރުހުންނާއި ޕެރެމެޑިކުން ހިމެނޭހެން 133 މީހުންގެ މެޑިކަލް ޓީމެއް ބައިވެރިވާކަމަށް ބުނެފައިވެއެވެ.
يحددون الوجهة ونحن نلبّي.. عبر القافلة الصحية، تتصل المدينة المنورة بالمشاعر المقدسة؛ ليصل الحجاج غايتهم ويكملوا مناسكهم بــ #يسر_وطمأنينة#حج_بصحة. pic.twitter.com/8NpV3puK5r
— وزارة الصحة السعودية (@SaudiMOH) June 12, 2024
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް