ޢައްޒާގައި އުމުރުން ފަސް އަހަރުން ދަށުގެ އަށް ހާހަށްވުރެ ގިނަ ކުޑަކުދިން ކާޑުބައްޔަށް ފަރުވާ ހޯދަމުން އަންނަކަމުގައި އދ ގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ދުނިޔޭގެ ޞިއްޙީ ހާލަތާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރެޔެސޫސް ބުނެފައިވަނީ އެ އަދަދުން ގާތްގަނޑަކަށް 1،600އެއްހާ ކުޑަކުދިންގެ ހާލަތު އެ ބަލީގެ އިންތިހާ ކަމަށެވެ.
"ޞިއްޙީ ޚިދުމަތް ދިނުމަށް އަހަރެމެން ނުކުޅެދިފައިވުމުންނާއި، ސާފު ބޯފެނާއި ގައިން ތާހިރުވާނެފަދަ ޣައްޒާގައި ނެތުމުން ކާޑުބަލީގެ ހާލަތު އެދަނީ އިތުރަށް ގޯސްވަމުން" އޭނާ ބުނެފައިވެއެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ އަށް މަސް ފުރިފައިވާއިރު ހަމަލާތަކުގައި ޝަހީދުވި އަދަދު ވަނީ 37 ހާހަށް އަރާފައެވެ. އެ އަދަދުން 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް