މާލޭ ފަޅުގައި އޮތް ސްޓެލްކޯ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭ ދެކުނު ފަރާތު ފަޅުގައި އޮތް ސްޓެލްކޯގެ ލޯންޗެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގީ ސީދާ ކިހާއިރަކުކަން ސާފެއް ނޫނެވެ. އެހެންނަމަވެސް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކ...

12 Jun 2024 | 20:22

މާލޭ ދެކުނު ފަރާތު ފަޅުގައި އޮތް ސްޓެލްކޯގެ ލޯންޗެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގީ ސީދާ ކިހާއިރަކުކަން ސާފެއް ނޫނެވެ. އެހެންނަމަވެސް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން އެ ސަރަޙައްދުގައި މިވަގުތު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިހާރު ވަނީ ރޯވި އަލިފާން އެކުގައި ނިއްވާލާފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސްޓެލްކޯގެ ލޯންޗެއްގައިކަން ސްޓެލްކޯއިން ކަށަވަރުކޮށްދެއެވެ.

އެމްއެންޑީއެފްއިން މިކަމުގައި އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް