ޑިމޮކްރެޓްސް ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލަ މިދަނީ ބަލަމުން: ޕޮލިސް

ދަ ޑިމޮކްރެޓްސްގެ ޖަގަހަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ "ދަ ޑިމޮކްރެޓްސް" ގެ ހަރަކާތްތައް ހިންގާ ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސ...

13 Jun 2023 | 06:23

ދަ ޑިމޮކްރެޓްސްގެ ޖަގަހަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ "ދަ ޑިމޮކްރެޓްސް" ގެ ހަރަކާތްތައް ހިންގާ ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

"މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވޭ، މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ރޭގައި ޑިމޮކްރެޓްސް ޖަގަހަޔަށް ކަޅުތެޔޮ ޖަހާފައިވަނީ ސައިކަލުގައި ދިޔަ ދެމީހަކު ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް