ރިޔާސަތާ ހަވާލުވާނެ މީހަކު ނުވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން ޖަލްސާ ކެންސަލް ކުރަން ޖެހިއްޖެއެވެ. ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އިއުލާނުކުރެއްވީ މަޖިލީހުގެ ޢަމީން ޢާންމު ފާތިމަތ...

13 Jun 2023 | 05:39

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން ޖަލްސާ ކެންސަލް ކުރަން ޖެހިއްޖެއެވެ.

ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އިއުލާނުކުރެއްވީ މަޖިލީހުގެ ޢަމީން ޢާންމު ފާތިމަތު ނިޔުޝާއެވެ.

އެކަން އިއުލާނު ކުރައްވަމުން އޭނާ ވިދާޅުވީ މިއަދުގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމުގައިވާއިރު މަޖިލީހުގެ ރިޔާސަތާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެ ވަޑައިގެންނެވުމަށް ޢުޒުރުވެރިވެ ވަޑައިގެންނެވުމުން ޖަލްސާ ބޭއްވެން ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާއެކުއެވެ. އަދި މަޖިލީހުގެ ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 205 ވަނަ މާއްދާގެ (ބ) ގައި ބަޔާން ވެގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ނުވަތަ ހުށަހަޅާ ޤަރާރެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސްކަމަށް ބުނެފައިވެއެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފައިވާއިރު އިއްޔެ ޖަލްސާގެ ރިޔާސަތާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ހަވާލުވެލައްވައި މަޖިލިސް ފެއްޓެވިއެވެ. އެހެން ނަމަވެސް ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލަންޖެހުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް