ފުށްގިރި މައްސަލައިގެ ކޮރަޕްޝަން 2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެނައިން: ބޮންޑެ

ފުށްގިރި މައްސަލައިގާ ސަރުކާރުން ހިޔާތާންތެރިވި ކޮރަޕްޝަންގެ މައްސަލަ 2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެންނެވި ކަމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެ...

13 Jun 2023 | 04:29

ފުށްގިރި މައްސަލައިގާ ސަރުކާރުން ހިޔާތާންތެރިވި ކޮރަޕްޝަންގެ މައްސަލަ 2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެންނެވި ކަމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ ފުށްގިރި މައްސަލައިގެ އަޑުއެހުމުގައި އިއްޔެ އަދީބު ދެއްކެވި ވާހަކަފުޅުތަކަށް ބިނާކޮށް "ފުށްގިރި ޑީލް ދިން އިންޑިއާ ވިޔަފާރިވެރިންގެ ރާއްޖޭގެ މަންދޫބަކީ ބޮންޑެ" މި ސުރުހީގެ ދަށުން އަދަދު ނޫހުގައި ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވަމުން ބޮންޑޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ބޮންޑެ ވިދާޅުވެފައިވަނީ އޭނާގެ އެކައުންޓަކުން ފުއްގިރިއަށް ދެއްކި ފައިސާ (ކޮރޮސްޗެކް) އެސްއޯއެފްގެ އެކައުންޓަށް ސަރުކާރުން ޖަމާކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ސަރުކާރުން ހިޔާނަތްތެރިވި ކޮރަޕްޝަންގެ މައްސަލަ  2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެނެސް ބަޔާނެއް ދީފައިވާނެކަމަށެވެ.

"މިވަގުތު ސަރީއަތުގައި ކުރިއަށްދާ  ފުއްގިރީގެ މައްސަލައިގައި އެ ބަޔާނަކީ ސަރުކާރުތެރޭން ބަޔަކު ކޮރަޕްޝަން ހިންގިކަމުގެ ކިތާބީ ހެކި، އަދި އެފައިސާއަކީ ދައުލަތުގެ ފައިސާކަން ޔަގީންކޮށްދިނުމަށްޓަކައި އޮޑިޓަރ ޖެނެރަލްއަށް އޭސީސީ މެދުވެރިކޮށް ސިޓީއެއްވެސް ވާނީ ހަވާލުކޮށްފައި، އެއީވެސް ކިތާބީ ހެކި" ބޮންޑެ ވިދާޅުވެފައިވެއެވެ.

ބޮންޑޭ އިތުރަށް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ސަރުކާރުން ހިޔާނާތްތެރިވަމުންދާކަން ރައްޔިތުންނަށް ތިލަކޮށްދިނުމަށްޓަކައި ހަމަ އެދުވަސްވަރު މީޑިއާތަކުގައި ވެސް އެކިފަހަރު މަތީން ތަކުރާރުކޮށް މިވާހަކަތައް އޭނާ ދައްކަމުންދިޔަ ކަމަށެވެ.

ޝަރީއަތުގެ އަޑުއެހުމުގައި އިއްޔެ އަދީބު ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ "ޑީލް" ހަމަޖައްސައިދިން އިންޑިއާގެ ވިޔަފާރިވެރިންގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި އުޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް