މާާލޭގެ ސްކޫލުތަކަށް އަމާޒުކޮށް، "އެޕްލައިޑް ސްކޫލް ކައުންސިލިންގ" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މާާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަމާޒުކޮށް، "އެޕްލައިޑް ސްކޫލް ކައުންސިލިންގ" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރި...

13 Jun 2022 | 17:31

މާާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަމާޒުކޮށް، "އެޕްލައިޑް ސްކޫލް ކައުންސިލިންގ" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުން، ލީޑިންގ ޓީޗަރުން އަދި ސްކޫލް ކައުންސެލަރުން ހިމެނޭހެން ޖުމްލަ 32 ބޭފުޅުން ބައިވެރިވި ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދީފައި ވަނީ މެލޭޝިޔަން ބޯޑް އޮފް ކައުންސަލާސް ގައި ރެޖިސްޓަރވެފައިވާ ކައުންސަލަރ އަދި ކައުންސިލިންގ ދާއިރާގެ މާހިރެއް ކަމަށްވާ ކްރިސްޓޮފަރ ރާޖް އެންތަނީ އެވެ.

ތާޖުއްދީން ސްކޫލުގައި އިއްޔެއާއި މިއަދު ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ކިޔަވައި ދެވުނު ބައިތަކުގެ ތެރޭގައި ސްކޫލް ކައުންސެލަރުންގެ ރޯލަކީ ކޮބައިކަމާއި، ވަކިވަކި އަދި ގްރޫޕް ކައުންސެލިން ސެޝަންތަކުގައި މަޝްވަރާ ކުރެވޭ ކަންކަމާއި އެފަދަ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ހުނަރުތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމުގައި ކައުންސެލިން ދިނުމުގެ މަރުހަލާތަށް ވަކިވަކީން ތަފްސީލްކޮށް ބައިވެރިންނަށް ދަސްކޮށް ދީފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރެއެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް