ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް ވާހަކަ ދެއްކި ޕީޖޭޕީގެ ތަރުޖަމާނު ނުޕުރް ޝަރްމާގެ ދިފާއުގައި ބޮލީވުޑް ބަތޮލާ ކަންގަނާ ރަނާވަތު ވާހަކަ ދައްކައިފިއެވެ.
ކަންގަނާ ނުޕުރަށް ތާއީދުކޮށް ވާހަކަދައްކާފައިވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައެވެ.
އެ ސްޓޯރީގައި އޭނާ ބުނެފައިވަނީ އޭނާ ދަންނަ އެތައް މުސްލިމުންނެއް ސިނގިރޭޓުވެސް ބޯ ކަމަށެވެ. ރާވެސް ބޯ ކަމަށެވެ. ކައިވެނީގެ ބޭރުން ޖިންސީ ގުޅުންވެސް ހިންގާ ކަަމަށެވެ. ބުރުގާވެސް ނާޅާ ކަމަށެވެ. އަދި ބައެއް މުސްލިމުން އޫރުމަސްވެސް ކާ ކަމަށެވެ.
އިންޑިއާގައި މިފަދަ ހުރިހާކަމެއްގައި މިނިވަންކަން އޮންނަ ކަމަށާއި ނޫން ނަމަ ނުޕުރް ފަދައިން އެންމެންވެސް ވާނީ ކުށްވެރިންނަށް ކަމުގައި ކަންގަނާ ބުނެފައިވެއެވެ.
ކަންގަނާ އަކީ އަބަދުވެސް މިފަދަ ކޮންޓްރޮވާސަލް ކަންކަމުގެ ތެރެއަށް ވަދެގަންނަ ތަރިއެކެވެ. ކަންގަނާގެ މިފަދަ އަމަލުތަކުގެ ސަބަބުން އޭނާ މިފަހުން ވެފައިވަނީ ސަޕޯޓަރުން އެންމެ ފޫހިވާ ބޮލީވުޑް ބަތޮލާއަށެވެ. އޭގެ އެއް ހެއްކަކީ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު ބަލާނެ މީހަކު ނުވެގެން ސިނަމާއިން ނަގަން ޖެހުމެވެ.
ކަންގަނާ ނުޕުރްގެ ދިފާއުގައި ވާހަކަދައްކާފައިވާއިރު ދުނިޔޭގެ މުސްލިމް ގައުމުތަކުންނާއި އިންޑިއާގެ މުސްލިިމުން އަންނަނީ މޯދީ ސަރުކާރުގެ މި އަމަލާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް