މި ވަގުތު ޔޫސަބަލް ރިޒާވްގައި ހުރީ 300 މިލިއަން ޑޮލަރު: ފައްޔާޒް

ރާއްޖޭގައި މިވަގުތު ޔޫސަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ގޮތަށް ހުރީ300 މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގ...

13 Jun 2022 | 14:14

ރާއްޖޭގައި މިވަގުތު ޔޫސަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ގޮތަށް ހުރީ300 މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގެންނެވި އެވެ.

މަޖިލީހުގައި މިއަދަދު ހާމަކޮށްފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫސަބަލް ރިޒާވަކީ މިހާރު އާންމުކުރާ މައުލޫމާތެއް ނޫން ކަމަށް ވިދާޅުވުމުން އާންމުން އެމްއެމްއޭ އާއި ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށެވެ.

ފައްޔާޒު ވިދާޅުވީ އެމްއެމްއޭ އަކީ ކުޅޭކުޅޭ ތަނެއް ނޫން ކަމަށާއި ބަޔަކު ސިޔާސީ ބޭނުމަކަށް އެއްޗެއް ބުނެލާއިރަށް އެ އިދާރާ އިން ބަޔާން ނެރެން ވެއްޖެ ނަމަ، އެކަމުން މުޅި އިގްތިސާދަށް ނުބައި އަސަރެއް ކުރާނެ ކަމަށެވެ. ފައްޔާޒް ވިދާޅުވީ އެ އުސޫލުން ބަލާއިރު އެމްއެމްއޭ ރަނގަޅު ކަމަށެވެ.

އެ ބައްދަލުވުމުގައި އެ ތިން އިދާރާއިން ވެސް ވަނީ ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެ ކަމަށް ބުނެ ދެއްކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ރާއްޖޭގެ އިގުތިސާދަށް މި ވަގުތު ބައެއް ގޮންޖެހުންތަކެއް ހުއްޓަސް، ދަރަނި ދެއްކުމުގެ ގާބިލުކަން ވެސް އެބަހުރި ކަން ފާހަގަކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް