މާލޭ މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިކަމުގެ ރިޕޯޓު ކުރީ ހެނދުނު11:45 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވަ ފެނުނީ އުމުރުން57 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އެމީހާގެ ގައުމު ހާމައެއް ނުކުރެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އިއްޔެވެސް މާލޭގައި ބިދޭސީ އަކު މަރުވެފައި ވެއެވެ. އެމީހާ މަރުވީ ހުޅުމާލޭ ޑިންގީ ޖެޓީ ކައިރީ ހުރި ކޮންޓެއިނަރަކުން މާބުލް ޝީޓުތަކެއް ބާލަނިކޮށް އެ ތަކެތި އަރިހަޅާލައިގެން ތަށީވެގެންނެވެ.
އެ ހާދިސާގައި އިތުރު މީހަކަށްވެސް އަނިޔާވެފައިވާއިރު އެމީހާއަށް ފަރވާ ދެމުންދަނީ އައިސީޔޫގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް