ބޮލީވުޑްގެ ޕްލޭބެކް ސިންގާ ޝަންތަނު މުކަރުޖީ (ޝާން) އާއި އެކު ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ކިޔާފައިވާ ލަވަ ގިނަ ބަޔަކަށް ކަމުގޮސްފި އެވެ.
މީގެ ތިން ދުވަސް ކުރިން "ދިލް އުޅެޔާ" ލަވަ ރިލިސް ކުރީ ޝާންގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ.
މިހާތަނަށް އެ ލަވަ މިލިއަނަކަށްވުރެ ގިނަ މީހުން ބަލާފައިވެ އެވެ. އަދި 3،000 އަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު ކޮމެންޓު ކޮށްފައިވާ ހުރިހާ މީހުންވަނީ ލަވަޔަށް ތައުރީފުކޮށްފަ އެވެ.
މި ލަވައިގެ ވީޑިއޯ ކުޅެފައިވާނީ ރާއްޖޭގެ ކްރޮސްރޯޑްސްގެ ހާޑްރޮކް ހޮޓެލްގައެވެ. ލަވައިން ކްރޮސް ރޯޑުގެ ހިތްގައިމު މާހައުލާއި ރާއްޖޭގެ ރީތިކަން ދައްކާލާފައިވެ އެވެ.
ލަވައިގާ ބޮޑުބެރުގެ ބީޓްތަކާއި ދިވެހި ބަސްތައް ބޭނުންކޮށްގެން ރެޕް ބައެެއް ޝާން އަދި އުނޫޝާ ދިވެހި ބަހުން ކިޔާފައިވާއިވެ އެވެ. ބިދަބިން ބޮޑުބެރު ގްރޫޕްގެ ބޮޑުބެރު ޖެހުން މިއުޒިކުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ލަވައިގެ ބައެއް މަސައްކަތްތައް ދިވެހިން ކޮށްފައިވެއެވެ.
އުނޫޝާ ވަނީ މީގެ ކުރިން ބޮލީވުޑް ފިލްމެއް ކަމުގައިވާ ޖިސްމް 2 އަށްވެސް ލަަވައެއް ކިޔާދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް