ހަތް އަހަރުގެ ކުއްޖާގެ ހާލު ރަނގަޅު، ވެންޓިލޭޓަރުން ނަގައިފިން: ޑރ. ފައިސަލް

ކޯވިޑް ޖެހި ހާލު ސީރިއަސް ވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ހަތް އަހަރުގެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް އެޗްއީއޯސީން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޓެކްނިކ...

13 Jun 2021 | 15:50

ކޯވިޑް ޖެހި ހާލު ސީރިއަސް ވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ހަތް އަހަރުގެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާމަން އަދި އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ އެ ކުއްޖާ ވެންޓިލޭޓަރުން ނެގީ ވަރަށް ބޮޑަށް ހާލު ރަނގަޅުވުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ކޯވިދް ޖެހިގެން ވެންޓިލޭޓަރަށް ލާންޖެހުނު އެންމެ ހަގު ކުއްޖާ ކަމަށެވެ.

އެ ކުއްޖާ އާއި ގުޅޭ އިތުރު މައުލޫމާތެއް ނުދެއްވަ އެވެ. ހަތް އަހަރުގެ އެ ކުއްޖާއަކީ ތ. އަތޮޅަށް ނިސްބަތްވާ ކުއްޖެކެވެ.

މިވަގުތު ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނީ ހަ މީހަކަށެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 97 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު އިއްޔެ ވަނީ 70،077 އަށް އަރާފައި އެވެ. އަދި ބަލިން ރަނގަޅުވި އަދަދު 58،832 މީހުންނަށް އަރާފައިވެ އެވެ.

މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 196 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް