މޯނިން ވިއުގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެހީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ

މއ. މޯނިން ވިއުގައި މިދިޔަ މަހުގެ27 ވަނަ ދުވަހުގޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމަށް އެހީތެރިވުމަށް ސަރުކާރުން1.03 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓ...

13 Jun 2021 | 14:34

މއ. މޯނިން ވިއުގައި މިދިޔަ މަހުގެ27 ވަނަ ދުވަހުގޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމަށް އެހީތެރިވުމަށް ސަރުކާރުން1.03 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މެނޭޖަރު އުމަރު ފިކުރީ ވިދާޅުވީ މި ހާދިސާގައި ލިބުނު ގެއްލުންތައް ބެލުމަށް އެސެސްމަންޓް ހަދާ ނިމިފައިވާ ކަމަށެވެ، ނޭވާ ވިދާޅުވީ އެ އެސެސްމަންޓަށް ބަލައި އެހީގެ ގޮތުގައި އާއިލާތަކަށް ދޭނެ ފައިސާގެ އަދަދު ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބެލި ބެލުމުން އަލިފާނުގެ ހާދިސާގައި މޯނިން ވިއު އާއި އެ ގެއާ އިންވެގެން ހުރި ގޭގެ ސްޓްރަކްޗަރަށް ލިބުނު ގެއްލުން 1.03 މިލިއަނަށް އަރާ ކަމަށެވެ. ހިފައި ގެންގުޅޭ ޒާރޫރީ ސާމާނަށް 235،425 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެންޑީއެމްއޭ އިން ދެނީ ގެއްލުމުގެ ބަދަލެއް ނޫން ކަމަށެވެ. ސަރުކާރުން ދޭން ނިންމާފައިވަނީ ލިބިފައި ހުރި ގެއްލުންތަކަށް ބަލައި ވަކި އަދަދަކަށް ފައިސާ ކަމަށް ވިދާޅުވި އެވެ.

މީގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަމަށް އެހީ ދެނީ މިދިޔަ މަހުގެ27 ން ފެށިގެން މިމަހުގެ16 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގެންނެވެ. އެންޑީއެމްއޭއިން ވަނީ މިހާދިސާގައި ގެއްލުންވި ގެއެއްގައި ކުއްޔަށް އުޅުނު ބަޔަކު އެހެން ގޭގެ ކުއްޔަށް ހިފައި ދިރިއުޅުން ފެށުމަށް ކޮންމެ އާއިލާއަކަށް92،300 ރުފިޔާ ދީފައި އެވެ.

މޯނިން ވިއު ގޭގައި އަލިފާން ރޯވެގެން އެ މައްސަލަ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސަމާލުކަމަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 5:00 ގަ އެވެ. ރޯވި އިމާރާތަކީ ފަސް ބުރި އަށް، ލަކުޑިން ޑެކް އަޅައިގެން ހަދާފައިވާ ތަނެކެވެ. އަދި އެންމެ މަތީ ފްލޯ ހަދައިފައި ވަނީ ޓިނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް