ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީ "241" ކޮމިޓީއަށް ރައްޔިތުންްގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑުން ހާޒިރު ކުރަން ފަށައިފި އެވެ.
މިދިޔަ މަހު ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން އެ ކޮމިޓިއަށް ވަކިވަކި ސިފައިންނާއި ފުލުހުން ހާޒިރު ކުރަން ނިންމާފައިވާކަން ހާމަ ކުރީ މިދިޔަ ހަފްތާގައި އެވެ. މިހާތަނަށް ހާޒިރު ކުރި ބޭފުޅުންގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ނަޝީދުގެ ޑްރައިވަރު ހިމެނެ އެވެ.
241 ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށާއި، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކުރަމުން ގެންދާނެކަމަށެވެ. އަދި 241 ކޮމިޓީއިން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށްވެސް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ 6 ވަނަ ދުވަހު ދިން ޓެރެރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތް ދެނެގަތުމަށް މަޖިލީހުން ގެންދަނީ ތަހުޤީގެއް ނޫންކަމަށެވެ. އަދި ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަނީ ކުށެއް ކޮށްފައިވާ ބަޔަކު ނޫން ކަމަށާއި އެއީ މައުލޫމާތު އެއްކުރުމަށް ހާޒިރު ކުރި ބައެއް ކަމަށް ވިދާޅުވި އެވެ.
އެކަމަކު ވަކިވަކި ސިފައިން މިގޮތަށް ހާޒިރު ކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ. ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި އޮންނަ ގޮތުން ސިފައިނަށް ލިބޭ މައުލޫމާތެއް ހާމަކުރެވޭނީ ހަމައެކަނި ސިފައިންނާއި ސިފައިންގެ ލީޑަޝިޕަށާއި މިނިސްޓަރު އަދި ނެޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާ އަށެވެ.
އެހެންވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް