ދިވެހިރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގައި ޑެލިވަރީ އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނެ ގަޑި އިތުރުކުރުމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފިއެވެ.
އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވަނީ އައްޑޫ ސިޓީގައި މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނެ ވަގުތު ހަވީރު 6:00 ޖެހުމާއި ހަމައަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ކާފިއު ގަޑީގައި، މަސައްކަތްކުރާ ސައިޓުން އެހެން ތަނަކަށް ދެވޭނީ ކޮންސްޓްރަކްޝަން ކުންފުނީގެ ހުއްދަ ދެވިފައިވާ ވެހިކަލެއްގައި ނުވަތަ ހަމަޖައްސައި އިންތިޒާމެއްގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑެލިވަރީ އަދި ޓޭކްއަވޭ ގަޑި ވިޔަފާރިވެރިންގެ ޕެޓިޝަނަކާއެކު އިތުރު ކޮށްދީފައިވާކަން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ފާހަގަކުރެއެވެ.
މީގެކުރިން އައްޑޫގައި ޑެލިވަރީ ކުރެވެނީ ރޭގަނޑު 8:00 ޖެހުމާއި ހަމައަށް ނަމަވެސް މިހާރު 10:00 ޖެހުމާއި ހަމައަށް ޑެލިވަރީ ކުރެވޭނެ ކަމަށް އައްޑޫއައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް